ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ޗުއާ ޔޮންގ ހައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު، ރައްޔިތުންގެ މަޖިލިސްގޭގައި ބޭއްވުނު މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ސަފީރަށް ދެއްވިއެވެ.
ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރުގެ އިޤްތިސާދީ އަދި ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ކުރައްވާ މަސައްކަތާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
