މަޖިލީހުގެ ކޮމިޓީތައް ވީޑިއޯ ކުރުމާއި ލައިވް ފީޑް ދޫކުރުމާ ގުޅޭ އިކްއިޕްމަންޓް ހިމެނޭ ޕްރޮޕޯސަލް ދިރާސާކުރެއްވުމަށް ހޮއްވަވާފައިވާ ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ 3 ވަނަ ބައްދަލުވުން ބާއްވައިފި

މަޖިލީހުގެ ކޮމިޓީތައް ވީޑިއޯ ކުރުމާއި ލައިވް ފީޑް ދޫކުރުމާ ގުޅޭ އިކްއިޕްމަންޓް ހިމެނޭ ޕްރޮޕޯސަލް ދިރާސާކުރެއްވުމަށް ހޮއްވަވާފައިވާ ޢާންމު ކޮމިޓީގެ ސަބް-ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިރޭ ބާއްވައިފިއެވެ.

މިބައްދަލުވުމުގައި، ޕްރޮޕޯސަލް އާއި ބެހޭގޮތުން އެކަމަށް އައްޔަން ކޮށްފައިވާ ކޮންސަލްޓަންޓް އާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު އަދި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ވަޑައިގެންނެވިއެވެ.