އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

މިއަދު ބޭއްވުނު އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ.

މި ބިލުގެ މަސައްކަތް ކުރެއްވުމުގައި ފަންނީ ނަޒަރު ހޯއްދެވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް، އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އިސް ބޭފުޅުން ވަނީ މިއަދުގެ ސަބް-ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ހާޒިރުވެފައިވަނީ ލީގަލް ކޮންސަލްޓަންޓް އަލްއުސްތާޛް އަޝްރަފް ރަޝީދުއެވެ. މިނިސްޓްރީ އޮފް ހެލްތުން ހާޒިރުވެވަޑައިގެންފައިވަނީ ފަރމަނަންޓް ސެކްރަޓަރީ އަލްފާޟިލާ ޤީލާ ޢަލީ އާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ސީ.އީ.އޯ އަލްފާޟިލާ މަރިޔަމް ޝަފީޢުއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އިން ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އަލްއުސްތާޛާ ފާޠިމަތު ލަޠީފު ވަޑައިގެންފައިވާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ހާޒިރުވެވަޑައިގެންނެވީ ޕަރމަނަންޓް ސެކްރަޓަރީ ޑރ. ޢަބްދުލް މުޙްސިން މުހައްމަދު އާއި ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ފާޠިމަތު މުނާއެވެ.

ސަބް-ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފުއެވެ.