ބޭންކް އޮފް މޯލްޑިވްސްގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާ ކުރެއްވުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ނިންމަވާލައްވައިފި

މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކާ ހޮއްވެވި 1 ވަނަ ސަބް-ކޮމިޓީގެ 9 ވަނަ ބައްދަލުވުން މިއަދު ބޭއްވެވިއެވެ.

މި ބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ 2007 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ދިރާސާކުރައްވާ އެކުލަވާލައްވާފައިވާ ރިޕޯޓް ފާސް ކުރައްވާ، މައި ކޮމިޓީއަށް ފޮނުއްވިއެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވީ ސަބް-ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ.