މަޖިލީހުގެ ކޮމިޓީތައް ވީޑިއޯ ކުރުމާއި ލައިވް ފީޑް ދޫކުރުމާ ގުޅޭ އިކްއިޕްމަންޓް ހިމެނޭ ޕްރޮޕޯސަލް ދިރާސާކުރެއްވުން ކުރިއަށް ގެންދަވައިފި

މަޖިލީހުގެ ކޮމިޓީތައް ވީޑިއޯ ކުރުމާއި ލައިވް ފީޑް ދޫކުރުމާ ގުޅޭ އިކްއިޕްމަންޓް ހިމެނޭ ޕްރޮޕޯސަލް ދިރާސާކުރެއްވުމަށް އާންމު ކޮމިޓީން އެކުލަވާލައްވާފައިވާ ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިބައްދަލުވުމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުން ޙާޒިރުވެވަޑައިގެންނެވިއެވެ. އެއީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އެވެ.