ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ބޭއްވުނު ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 13 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގައި، ފަހުން ބެއްލެވުމަށް ނިންމަވާފައިވާ މާއްދާތައް ވަކިވަކިން ބައްލަވާ ބައެއް މާއްދާތަކަށް އިޞްލާޙު ގެންނެވިއެވެ. އަދި ކޮމިޓީއާއި ބައްދަލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގެންފައިވާތީ، ކުރިއަށް އޮތް ހަފްތާގެ ހޯމަދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް އެމިނިސްޓްރީގެ ބޭފުޅުންނަށް ދެންނެވުމަށް ނިންމެވިއެވެ.