ޤައުމީ ތަރައްޤީ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ތަޢުލީމުގެ ބިލާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީގެ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލާއި ގުޅޭ ގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނިންމެވީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލު، އިތުރަށް ދިރާސާކުރެއްވުމަށްޓަކައި، ސަބް ކޮމިޓީއެއް ހޮއްވަވާ، އެކޮމިޓީއާއި ހަވާލުކުރެއްވުމަށެވެ.

މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ކޮމިޓީގެ މުޤައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު އާމިރު، މަރަދޫ ދާރިރާގެ މެންބަރު ހަސަން ޢާދިލް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ޙަމީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ތިމަރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ.