އެއްވެއުޅުމުގެ މިނިވަންކަމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ 6 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ބިލުގެ 27 ވަނަ މާއްދާއިން ފެށިގެން 31 ވަނަ މާއްދާގެ ނިޔަލަށް ބައްލަވައި ދިރާސާކުރެއްވެވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުއެވެ.