ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފި

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 11 ވަނަ ބައްދަލުން މިއަދު ބާއްވަވައިފިއެވެ. މި ބައްދަލުވުމުގައި 03 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ 1023 ވަނަ މާއްދާއިން ފެށިގެން 1200 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރައްވާ ނިންމަވާފައިވެއެވެ.

ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ނައިބު މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު، މާވަށު ދާއިރާގެ މެންބަރު އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.