މިނިވަން މުއައްސަސާ ކޮމިޓީގެ 26 ވަނަ ބައްދަލުވުން

މިއަދު 13:30ން 14:00 އަށް ކުރިއަށްގެންދެވި މިނިވަން މުއައްސަސާ ކޮމިޓީގެ  26 ވަނަ ބައްދަލުވުމުގައި، ބިލުތަށް ދިރާސާ ކުރެއްވުމާއި، ކޮމިޓީއަށް ހުށައެޅިފައިވާ ބިލުތަކުގެ މަސައްކަތް ނިންމެވުމާ އަދި އަމިއްލަ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމާއި، ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކޮމިޓީއަށް ހުށައެޅިފައިވާ ބިލުތަށް ދިރާސާ ކުރުމަށް ސަބް-ކޮމިޓީ އެކުލަވާލުމާއި، ބެހޭގޮތުންނެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިނު އަބްދުލްގައްޔޫމް، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖްތާޒު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު،ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ހުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި  މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.