ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 10 ވަނަ ބައްދަލުން މިއަދު ބާއްވަވާފިއެވެ. މި ބައްދަލުވުމުގައި 04 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލުގެ 1005 ވަނަ މާއްދާގެ (ށ) ފެށިގެން 1110 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރައްވާ ނިންމަވާފައިވެއެވެެ.
ބައްދަލުވުމަށް ހާޒިރުވެވަޑަިއގެންނެވި މެންބަރުންނަކީ މުޤައްިރރު ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު، މާވަށު ދާއިރާގެ މެންބަރު އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲއެވެ.
