ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގަވައިދުގެ ރިޕޯޓް މަޖިލީހަށް ހުށަހުޅުމަށް ގަވައިދު ކޮމިޓީން ނިންމަވައިފި

މިއަދު ބޭއްވި ގަވައިދު ކޮމިޓީގެ 25 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގަވައިދު 2012 ބައްލަވައި ނިންމަވައި،  އެކަމާގުޅޭ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައިފިއެވެ.

މިއަދުގެ ބައްދަލުވުމަށް ގަވައިދު ކޮމިޓީގެ 6 މެންބަރުން ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވިއެވެ. އެއީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފުއެވެ.