މިއަދުގެ ސުލޫކު ކޮމިޓީގައި، ސުލޫކު ޤަވާއިދު އިތުރަށް ދިރާސާކުރައްވައިފި

މިއަދުގެސުލޫކު ކޮމިޓީގެ ބައްދަލުވުމުގައި، ސުލޫކު ޤަވާއިދު އިތުރަށް ދިރާސާކުރައްވައިފިއެވެ. އަދި ކޮމިޓީން ނިންމަވާފައިވަނީ ސުލޫކު ޤަވާއިދު ދިރާސާކުރައްވައި، ނިންމެވުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވުމަށެވެ.

މިއަދު ބޭއްވުނު ސުލޫކު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދެވެ.

ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަޑައިނުގަންނަވައެވެ.