ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ހުޅުވާލެވުނު ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ސޮއެކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި ހުޅުވާލެވުނު ތަޢުޒިޔާގެ ދަފްތަރުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިއަދު، ސޮއެކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީއަކީ ދިވެހި ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމާއި، އިސްލާމީ ޢިލްމު ވެރިއެއްގެ ގޮތުން ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް ތަޢުޒިޔާގެ ދަފްތަރުގައި، ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.

ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 3:00 އިން 6:00 އަށް މަޖިލީހުގެ ގޭގައި، މި ތަޢުޒިޔާގެ ދަފްތަރު ޢާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.