ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދަވައިފިއެވެ.
ބަހުސްގެ 1 ގަޑިއިރުގެ ވަގުތުގައި މިބިލަށް ޖުމްލަ 6 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މިބިލުގެ ފަހުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ގެ ބަހުސް ކުރިއަށްގެންދަވާފައިވެއެވެ. މިބިލަށް 4 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 94/6 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ރިޕޯޓް، އިޖްތިމާޢީ ކޮމިޓީން ހުށަހަޅުއްވައި ނިމުމުން ބިލަށް އިޞްލާޙް ހުށަހެޅުއްވުމުގެ ފުރުޞަތުގައި 13 އިސްލާޙް ހުށަހަޅުއްވާފައިވެއެވެ.
