8 އޮކްޓޯބަރ 2012
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި، އެ ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ ސަބް-ކޮމިޓީގައި ހިމެނޭ މެންބަރުން އަލުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށްގެންދަވައިފިއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްއަޒީޒް ޖަމާލް ޢަބޫބަކުރު، ހިތަދޫ ދާއިރާގެ މެންބަރު ޙަސަން ލަތީފް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، އަދި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދުއެވެ.
