ބްރޯޑްކާސްޓްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ނިންމަވައިފި

04 އޮކްޓޯބަރ 2012

ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 12 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 31 މެންބަރުން ވޯޓް ދެއްވާފައިވާއިރު 6 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މިބިލަކީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ ހުށަހަޅުއްވާފައިވާ ބިލެކެވެ. މިބިލަށް މިއަދުގެ ޖަލްސާގައި ޖުމްލަ 11 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 އޮކްޓޯބަރ 2012 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.