ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފި

04 އޮކްޓޯބަރ 2012

ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫން) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ކުރިއަށް ގެންދަވައިފި އެވެ.
މިބިލަކީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ ބިލެކެވެ. މިއަދުގެ ޖަލްސާގައި މިބިލަށް ކަނޑައެޅިފައިވާ 1 ގަޑިއިރުގެ ބަހުސްވަގުތުގައި މިބިލަށް ޖުމްލަ 11 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ) އަށް އިޞްލާޙް ގެނައުމުގެ ބިލަށް ބަހުސް ކުރައްވާފައިވެއެވެ. މިބިލަށް ވާހަކަ ދައްކަވާފައިވަނީ 1 މެންބަރެކެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެޖެންޑާކުރެވިފައިވާ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީ މަރުޙަލާ ނިމި މަޖިލީހަށް ރިޢާޔަތްކުރެވުމަށް ހުށަހެޅުއްވި ރިޕޯޓަށް ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން ޖުމްލަ 7 މެންބަރުން ބަހުސް ކުރައްވައި 3 ވަނަ ކިޔުން އިއްވަވާފައިވެއެވެ.

އަދި ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ، ޤައުމީ ތަރައްޤީޤެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި ބަހުސް ކުރައްވާފައިވެއެވެ. ރިޕޯޓް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ ނާއިބު މުޤައްރިރު ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފް އެވެ. މި ރިޕޯޓަށް 3 މެންބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ޖަދުވަލް 2 އަށް ހުށަހަޅުއްވާފައިވާ އިޞްލާޙް ޢާންމު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި، ބަހުސް ނިންމަވާފައިވެއެވެ.

މިރިޕޯޓް ހުށަހަޅުއްވައިދެއްވީ ޢާންމު ކޮމިޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެވެ. މިރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ (ނ) ގެ ދަށުން ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފް ވަނީ 2 އިޞްލާޙެއް ހުށަހަޅުއްވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 8 އޮކްޓޯބަރ 2012 ވާ ބުދަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައެވެ.