މިއަދުގެ އިޤްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރައްވައިފި

މިއަދުގެ އިޤްތިޞާދީ ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރައްވައިފިއެވެ.

މިގޮތުން މި ބިލުގެ 7 ވަނަ މާއްދާ އިން ފެށިގެން ދިރާސާކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ބިލުގެ 9 ވަނަ މާއްދާގައިވާ ޕޭ ކޮމިޝަން އެކުލަވާލުމުގައި، މަޖިލިސް އިދާރާގެ ފަރާތުން ހުށަހަޅާފައިވާ އިސްލާޙުތަކައް ބައްލަވައި، އެކަމާމެދު މަޝްވަރާކުރެއްވުން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2012 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެންދުނު 9:30 އިން ފެށިގެން 10:30 އަށެވެ. މި ބައްދަލުވުމަށް 5 މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މުޤައްރިރު ކިނިބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް،އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުﷲ ޤަފޫރު އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.

ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ގޮލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، އަދި އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.

17 ޛުލްޤައިދާ 1433

4 އޮކްޓޯބަރ 2012