ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް މަޖިލީހުގެ ރައީސް ހަމަޖައްސަވައިފިއެވެ.

މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން 6:00 އަށް މަޖިލީހުގެ ގޭގައި، މި ތަޢުޒިޔާގެ ދަފްތަރު ޢާންމުކޮށް ހުޅުވިފައި އޮންނާނެއެވެ.

16 ޛުލްޤަޢީދާ 1433

2 އޮކްޓޯބަރ 2012