ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަށިކޮޅު އާސަހަރާގައި ހިނެވުމަށްފަހު މޫނުފުޅު ދެއްކުން އޮންނާނީ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ކަށު ނަމާދު ކުރުން އޮންނާނީ އަޞުރު ނަމާދަށްފަހު މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައެވެ.
އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީއަށް އަނިޔާވެރިވެރިގޮތަކަށް ހަމަލާދީ އަވަހާރަކޮށްލާފައިވަނީ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ފުންވިލް ގައެވެ. އަވަހާރަކޮށްލެވުނުއިރު އުމުރުފުޅަކީ 46 އަހަރެވެ. އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށްއެދި މާތްﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.
16 ޛުލްޤަޢީދާ 1433
2 އޮކްޓޯބަރ 2012