އަލްމަރްޚޫމް ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލެއްވުމުގެ ހިތާމަވެރި ޙާދިސާއާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ތަޢުޒިޔާ ދަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީގެ ހަށިކޮޅަށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލެއްވުމުގެ ހިތާމަވެރި ޙާދިސާއާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އޭ.ޑީކޭ އަށް ވަޑައިގަންނަވައި ޢާއިލާ އަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި ތަޢުޒިޔާ ދަންނަވައިފިއެވެ.