2 އޮކްޓޯބަރ 2012 ގައި ބޭއްވުމަށް، އެޖެންޑާކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 2 ވަނަ ޖަލްސާ، ބުދަދުވަހު ބާއްވާގޮތަށް ފަސްކުރައްވައިފި

2 އޮކްޓޯބަރ 2012 ގައި ބޭއްވުމަށް، އެޖެންޑާކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 2 ވަނަ ޖަލްސާ، 3 އޮކްޓޯބަރ 2012 ވާ ބުދަދުވަހު ބާއްވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ޙާދިސާއާއި ގުޅިގެންނެވެ.