އަނިޔާވެރިގޮތެއްގައި އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީގެ ހަށިކޮޅަށް، 2 އޮކްޓޯބަރ 2012 ވީ އަންގާރަވިލޭރޭ، ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލައިފިއެވެ.

އަލްމަރުޙޫމް ޑރ. އަފްރާޝީމް ޢަލީއަށް  އަނިޔާވެރިވެރިގޮތަކަށް ހަމަލާދީ އަވަހާރަކޮށްލާފައިވަނީ ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ފުންވިލް ގައެވެ. އެމަނިކުފާނުގެ ހަށިކޮޅު މިހާރުވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމު އަދި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން މިހާރު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.