އިޤްތިޞާދީ ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގެ، ކޮމިޓީގެ ކޯރަމް ހަމަނުވުމުން މިއަދުގެ ކޮމިޓީގެ ބައްދަލުވުން ނުބާއްވައި ނިންމާލައިފި

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2012 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުމުގެ ކޮމިޓީގެ ކޯރަމް ހަމަނުވުމުން، މިއަދު ހެނދުނު 9:30 އިން ފެށިގެން 15 މިނެޓު ވަންދެން ބެއްލެވުމަށްފަހު، މިއަދުގެ ކޮމިޓީގެ ބައްދަލުވުން ނުބާއްވައި ނިންމާލައިފިއެވެ.

ބައްދަލުވުމަށް ވަޑައިގެންނެވީ މުޤައްރިރު ކިނިބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް،މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު ޢީވާ އަބްދުﷲ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުﷲ ޤަފޫރުއެވެ.

ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުންނެވީ ސަލާމުގައެވެ.

15 ޛުލްޤައިދާ 1433

1 އޮކްޓޯބަރ 2012