މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 46 ވަނަ ބައްދަލުވުމުގައި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހިންގަވަމުންގެންދާ މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޤާއިމްކުރުމުގެ ޕްރޮޖެކްޓާ ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުން ހިންގި ތަޙުޤީޤާއިގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރުން ޕްރެޒެންޓޭޝަނެއް ދެއްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި ކޮމިޝަންގެރައީސް އަލްފާޟިލް ޙަސަން ލުޠުފީ އަދި ކޮމިޝަންގެ ނައިބު ރައީސް އަލްފާޟިލް މުޢައްވިޒު ރަޝީދު އިތުރުން ކޮމިޝަންގެ އެހެން ބައެއްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު، މުލަކި ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.