ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ގަވާއިދު ދިރާސާކުރެއްވައިފި

ސުލޫކު ކޮމިޓީގެ 6 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ގަވާއިދު   ދިރާސާކުރައްވައި، ގަވައިދުގެ  6 ވަނަ މާއްދާގެ (ހ)،(ނ)،(ރ) އަދި 22 ވަނަ މާއްދާގެ (ހ) ގެ (3) އަދި 37 ވަނަ މާއްދާގެ (އ) އަށް އިޞްލާޙުގެންނެވިއެވެ. މީގެ އިތުރުން 11، 16، 25، އަދި 36 ވަނަ މާއްދާ އުނިކުރެއްވިއެވެ. އަދި 24 ވަނަ މާއްދާގެ (ނ)، (ރ) ވެސް އުނިކުރެއްވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޢަފޫރު މޫސާ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އަދި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙުލޫފް، ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުލްރަޙީމް ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ.