ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވައިދު ދިރާސާކުރައްވައިފި

މިއަދު ބޭއްވުނު ގަވައިދު ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވައިދު ދިރާސާކުރައްވައިފިއެވެ.

މިގޮތުން، މިއަދުގެ ބައްދަލުވުމުގައި ގަވައިދުގެ 5 ވަނަ މާއްދާއިން ފެށިގެން 9 ވަނަ މާއްދާއާއި ހަމައަށް ބައްލަވާ ނިންމެވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް އަދި  މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމްއެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުންނެވީ ސަލާމުގައެވެ.