ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާއިއެކު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާ ބައްދަލުކުރެއްވުމެއް ބާއްވާގޮތަށް ހަމަޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އަމާން މާހައުލެއް ޤާއިމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރެވެމުންދާ މަޝްވަރާތަކުގެ ބައެއްގެ ގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ. މުޙަންމަދު ވަޙީދުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައިވެރިވެވަޑައިގަންނަވާ ބައްދަލުކުރެއްވުމެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މިގޮތަށް ހަމަޖެހިގެންދިޔައީ، މިމަޝްވަރާތަކަށް ޙައްލެއް ހޯއްދެއްވުމަށް މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

21 ރަމަޟާން 1433

9 އޯގަސްޓް 2012