ރައްޔިތުންގެ މަޖިލީހުގެ ރައީސް “ސައުތު އޭޝިއަންސް ފޯރ ހިއުމަން ރައިޓްސް” ގެ ވަފުދަކާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު، “ސައުތު އޭޝިއާ ފޯރ ހިއުމަން ރައިޓްސް” ގެ ވަފުދަކާ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، “ސައުތު އޭޝިއަންސް ފޯރ ހިއުމަން ރައިޓްސް” ގެ ވަފުދުގެ ބޭފުޅުން މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހާބެހޭގޮތުން ރިޕޯޓެއް ތައްޔާރުކުރައްވަމުންދާތީވެ، އެކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިބައްދަލުވުމުގައި، ސައުތު އޭޝިއަންސް ފޯރ ހިއުމަން ރައިޓްސްގެ ޗެއަރ ޕާސަން ހީނާ ޖިލާނީ، ޑރ. ކަމާލް ހުސެއިން އަދި ލީލާ ސެތް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެހީތެރިއެއްގެ ގޮތުން އެޖަމްޢިއްޔާގެ ސެކްރެޓަރީ ޑރ. އާސިފް ނަޒުރުލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.