މިއަދު މެންދުރުފަހު ބޭއްވުނު ޤައުމީ ތަރައްޤީ ކޮމިޓީގެ ބައްދަލުވުމުގައި ޤައުމީ ތަރައްޤީ ކޮމިޓީގެ ހިންގުމުގެ ގަވައިދު އިޞްލާޙް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ.
މީގެއިތުރުން މިބައްދަލުވުމުގައި ޤައުމީ ތަރައްޤީ ކޮމިޓީގެ ސަބް ކޮމިޓީތަށް އެކުލަވާލެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވާފައިވެއެވެ. އަދި ކޮމިޓީގައި ހުރި ބިލުތަކުގެ ތެރެއިން 3 ބިލަކަށް ސުންގަޑި ކަނޑައެޅުއްވުން ކުރިއަށް ގެންދެވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ޝަރީފް، އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރުއެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ. ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން އަދި ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް ހުންނެވީ ޗުއްޓީގައެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު ހުންނެވީ ސަލާމްގައެވެ.