ޖަލްސާގެ ނިޒާމް ގެއްލިފައިވާތީ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާގެ ނިޒާމް ގެއްލިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ)ގެ (4) ގެ ދަށުން މިއަދު މެންދުރު 01:40 ގައި ނިންމަވާލައްވައިފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާގެ (ހ)ގެ (4) ގައި ބަޔާންކުރަނީ ޖަލްސާ ކުރިއަށްގެންދެވޭ މިންވަރަށްވުރެ ބޮޑަށް މަޖިލީހުގެ ނިޒާމް ގެއްލިއްޖެކަމަށް މަޖިލީހުގެ ރައީސްއަށް ފެނިއްޖެނަމަ މަޖިލީހުގެ ޖަލްސާއެއް ނިންމާލެވިދާނެކަމަށެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވީ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެވެ.

12 ރަމަޟާން 1433

31 ޖުލައި 2012