އިޤްތިޞާދީ ކޮމިޓީގެ ހިންގުމުގެ ޤަވާއިދު ފާސްކުރައްވައިފި

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ މި އަހަރުގެ  20ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 133 ވަނަ މާއްދާގެ ދަށުން އަލުން އެކުލަވާލެވުނު އިޤްތިޞާދީ ކޮމިޓީ ހިންގާނެ ގޮތުގެ ޤަވާއިދު ވަނީ ފާސްކުރައްވާފައެވެ.

މީގެ އިތުރުން، މިއަދުގެ ބައްދަލުވުމުގައި ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލު އިތުރަށް ދިރާސާކުރައްވާނެ ގޮތްތަކާއި ބެހޭގޮތުގެ މަޝްވަރާ ކުރެއްވިއެވެ.

މިއަދު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު އަދި ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމުއެވެ.

މިއަދުގެ ބައްދަލުވުމުގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލްޢަފޫރު، މާމިނގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ބައިވެރިވަޑައިނުގަންނަވައެވެ.

11 ޝަޢުބާން 1433

30 ޖުލައި 2012