މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވައިފިއެވެ.
މިއަދުގެ ޖަލްސާގައި މިބިލަށް ޖުމްލަ 7 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.
މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމުގެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަވާފައިވެއެވެ. މިބިލަށް ބަހުސްކުރައްވާފައިވަނީ 3 މެންބަރުންނެވެ.
މިއަދުގެ މެންދުރުފަހު ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު އެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 ޖުލައި 2012 ވާ ހޯމަ ދުވަހު ހެނދުނު 10:30 ގައި މަޖިލީސްކުރާގޭގައެވެ.
6 ރަމަޟާން 1433
25 ޖުލައި 2012