މިއަދު 9:45 ން 10:00 އަށް ބޭއްވެވި ގަވައިދު ކޮމިޓީގެ މިއަހަރުގެ 15 ވަނަ ބައްދަލުވުމުގައި، ކޮމިޓީ މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު ހޮވިވަޑައިގެންފިއެވެ. ނައިބު މުޤައްރިރު ކަމުގެ މަޤާމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ހަސަން ހޮވިވަޑައިގަތީވެސް އިއްތިފާޤުންނެވެ.
މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމަށްފަހު، ރޯދަމަހުގައި ކޮމިޓީ މަސައްކަތްތައް ކުރިއަށްގެންދަވާނެ ގޮތާއި މެދު ކޮމީޓީގައި މަޝްވަރާ ކުރައްވާފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤް ހަސަން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު ޝަރީފް، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާޙީމް މުއްޠަލިބް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުލް ރަޙީމް، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. ހާޒިރުވެވަޑައިގެންފައި ނުވާ މެންބަރުންނަކީ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއާއި، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމްއެވެ.