މިއަދު 12:10 ން 12:20 އަށް ކުރިއަށްގެންދެވި އިޖްތިމާއީ ކޮމިޓީގެ މި އަހަރުގެ 9 ވަނަ ބައްދަލުވުމުގައި، ކޮމިޓީގެ މުޤައްރިރު ކަމުގެ މަޤާމަށް 8 ވޯޓުގެ އިއްތިފާޤުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙައްމަދު ހޮވިވަޑައިގެންފިއެވެ. އަދި އެ ކޮމިޓީގެ ނައިބު މުޤައްރިރުގެ މަޤާމަށް އިއްތިފާޤުން ހޮވިވަޑައިގެންފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފުއެވެ.
މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށްފަހު ކޮމިޓީންވަނީ، ރަމަޞާންމަހު މަސައްކަތް ރޭވިފައިވާ ގޮތުގެ މައްޗައް ބައްލަވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ފުވައްމުލަކު ދާއިރާގެ މެންވަރު އަބްދުﷲ މަސީޙް މުޙައްމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު، މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްއެވެ.