ޕާލިމަންޓަރީ ސަރވިސްގެ ސީނިއަރ ދެމަޤާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކާ އިންޓަވިއު ކުރެއްވުން ކުރިއަށް ގެންދަވައިފި

މިއަދު ހެނދުނު ބޭއްވުނު އާންމު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ޕާލިމަންޓަރީ ސަރވިސްގެ ސީނިއަރ 2 މަޤާމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކާ އިންޓަވިއު ކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ. މިގޮތުން، އިންޓަރނަލް އޮޑިޓަރގެ މަޤާމަށް ކުރިމަތިލައްވާފައިވާ 3 ފަރާތަކާއި އިންޓަވިއު ކުރައްވާފައިވެއެވެ. އަދި ހެޑް ޕާލިމަންޓްރީ މަޤާމަށް ކުރިމަތިލައްވާފައިވާ 2 ފަރާތަކާ އިންޓަވިއު ކުރައްވާފައިވެއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރުއެވެ.