މިއަދު ހެނދުނާއި މެންދުރުފަހު، ބޭއްވުނު އާންމު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަހަރުގެ 2 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ ނައިބުގެ މަޤާމަށް ކުރިމަތިލައްވާފައިވާ 7 ފަރާތަކާއި އިންޓަރވިއުކުރެއްވުން ކުރިއަށް ގެންދަވައިފިއެވެ.
މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޒުބައިރު އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުއެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ހުންނެވީ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. އަދި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ކޮމިޓީއަށް ވަޑައެއްނުގަންނަވައެވެ.