މާލިއްޔަތު ކޮމިޓީގެ 35 ވަނަ ބައްދަލުވުން ކުރިއަށްނުގެންދެވުމުން ނިންމަވާލައްވައިފި

މިއަދު ހެނދުނު 9:35 ގައި ބޭއްވުނު މާލިއްޔަތު ކޮމިޓީގެ 35 ވަނަ ބައްދަލުވުން ފައްޓަވައި، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓު ހުށަހަޅަން ދެންނެވުމުން، ކޮމިޓީގެ މަސްލަޙަތު ގެއްލި ކުރިއަށްނުގެންދެވުމުން މުޤައްރިރު މިއަދުގެ ބައްދަލުވުން ނިންމަވާލައްވައިފިއެވެ.

މިއަދުގެ ބައްދަލުވުން 9:57ގައި ނިންމަވާލެއްވި އިރު 10 މެންބަރުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވިއެވެ. އެއީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމް، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ހުޅު-މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުއެވެ.