ކޮމިޓީތައް އެކުލަވާލެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފުރުޞަތު ދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާ 01:00 އަށް ފަސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ހެނދުނު 08:30 އިންފެށިގެން ޕާޓީތަކުގެ މަދުގައި މަޝްވަރާ ކުރިއަށް ގެންދަވަމުންދާކަމަށެވެ.
20 ޝަޢުބާން 1433
10 ޖުލައި 2012