މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ނިޒާމް ގެއްލި ޖަލްސާކުރިއަށް ގެންދެވުމަށް ދަތިތަކާ ކުރިމަތިވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރައްވާ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެއްވުމަށް ފުރުޞަތު ދެއްވުމަށްޓަކައި މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.
މިއަދުގެ ޖަލްސާ ޖުމްލަ ދެފަހަރުމަތިން ނިޒާމް ގެއްލި މެދުކަނޑާލާފައިވެއެވެ. އަދި މެންބަރެއްގެ ނަން އިއްވަވާފައިވެއެވެ.
ޖަލްސާ ނިންމަވާލެއްވިއިރު ޖަލްސާގެ ރިޔާސަތު ބެއްލެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 10 ޖުލައި 2012 ވާ އަންގާރަދުވަހު 09:00 ގައި މަޖިލީސްކުރާގޭގައެވެ.
19 ޝަޢުބާން 1433
9 ޖުލައި 2012