އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 3 ގެ 8 ވަނަ ބައްދަލުވުން މިއަދު ބާއްވަވައިފި

އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 3 ގެ 8 ވަނަ ބައްދަލުވުން މިއަދު 11:20 ން 12:15 އަށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި “ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ބިލު” ގެ 5 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ)، އާއި 7 ވަނަ މާއްދާގެ (ނ)، (ޅ) އާއި 41 ވަނަ މާއްދާގެ (ނ) އާއި 14 ވަނަ މާއްދާ އަދި  15 ވަނަ މާއްދާ ބައްލަވާ، އިޞްލާޙު ކުރެއްވެވިއެވެ.

މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަތީ މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދުއެވެ.