އިމްތިޔާޒް ކޮމިޓީގެ 10 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ 10 ވަނަ ބައްދަލުވުން މިއަދު ބާއްވަވާފައިވަނީ 9:40 ން 9:55 އަށެވެ. މި ބައްދަލުވުމުގައި 8 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމުގައި މެންބަރުން ވަނީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީއާއި މައްޗައްގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލައާއި، އައި.ޕީ.ޔޫއިންނާއި އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަތައް ބައްލަވާނެ ގޮތުގެ ތަރުތީބު ރޭވުމުގެ މަސައްކަތް ކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ، މައްޗައްގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުޙުސިން ހަމީދު، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްއެވެ. ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އާއި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.