ބްރެޒިލްގައި ބާއްވާ ޔޫ.އެންގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ފުރާވަޑައިގެންފި (23.5.2010)

ދުނިޔޭގައި ދިރިއުޅޭ އެކި ޡަގާފަތްތަކުގެ އަހުލުވެރިންގެ މެދުގައި އެކުވެރިކަމާއި ސުލްޙަ މަސަލަސްކަން އަލާކުރުމުގެ ބޭނުގައި 2005 ވަނަ އަހަރު އ.ދ މަޖިލީހުގެ ގޮތްޕެއްގެ ގޮތުގައި އުފެދިފައިވާ ޔުނައިޓެޑް ނޭޝަންސް އެލައިންސް އޮފް ސިވިލައިޒޭޝަންގެ ފަރާތުން ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ޕާރލިމަންޓްތަކުގެ މެންބަރުންނާއި، ރައްޔިތުންގެ ޖަމްޢިއްޔާތަކުގެ ވެރިންގެ މެދުގައި ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނީރޯ ގައި މިމެއިމަހުގެ 27 ން 29 ށް ބާއްވާ ޚާއްޞަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް މާލޭން ފުރާވަޑައިގެންފިއެވެ. މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި އަލިފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނާޝިޒް އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދުއެވެ.

މިކޮންފަރެންސްގައި ބްރެޒިލްގެ ސްޕެއިންގެ ރައީސުން އަދި ތުރުކީގެ ބޮޑުވަޒީރުގެ އިތުރުން ޔޫއެންގެ ސެކެޓްރީ ޖެނެރަލް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން މިކޮންފަރެންސްގައި ތަފާތު ޡަގާފަތުގެ މެދުގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން އަދި ތަފާތު ޡަގާފަތާ އެކުކުރެވިދާނެ ގޮތްތަކާމެދު ޚިޔާލާއި ތަޖުރިބާ ބަދަލުކޮށް ޢަމަލީ މަޝްރޫއެއް އެކުލަވާލެއްވުން ހިމެނެއެވެ.