ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ތުރުކީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑޮކްޓަރ ބުރަކް އަކްޗަޕަރް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވެވި މިރަސްމިއްޔާތުގައި، ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު ތަޢުލީމީގޮތުންނާއި، ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ފުރުސަތުތަކެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.