މިއަދުގެ ހެނދުނު 9:30 ން 10:30އަށް ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދައުލަތު މުސާރައިގެ ސިޔާސަތުގެ ބިލުގެ މަސައްކަތެވެ. މިގޮތުން، މިބިލް ދިރާސާކުރެއްވުމަށްޓަކައި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުންގެ ޙިޔާލު ހޯއްދެވިއެވެ. މީގެ އިތުރުން، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަރ ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އިންޓަރވިއު ނުކުރެވިވާ ބޭފުޅާގެ އިންޓަރވިއު ބޭއްވުނެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑިއަކީ 30 އޯގަސްޓް 2012 ކަމުގައި ހަމަޖެއްސެވިއެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދެވެ.
މިއަދު ބައްދަލުވުމަށް ވަޑައިނުގަންނަވަނI ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދެވެ.
12 ޝައުބާން 1433
2 ޖުލައި 2012