އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ ހަތްވަނަ ބައްދަލުވުން ބާއްވައިފި

އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ 7 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 11:20 ން 12:30 އަށެވެ. މި ކޮމިޓީއަށް 4 މެންބަރުން ހާޒިރުވެވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި “ޢާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބިލު” ގެ 79 ވަނަ މާއްދާއިން ފެށިގެން ބިލު އެއްކޮށް ބައްލަވާ ބައެއް މާއްދާ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދެވެ.