ހެއްކާ ބެހޭ ބިލާއި ގުޅޭގޮތުން ޚިޔާލު ހޯއްދެވުމައްޓަކައި، މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ ނުރަސްމީ ބައްދަލުވުމެއް މިރޭ 20:30 ގައި ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ހެއްކާބެހޭ ބިލަށް ކުރިމަތިވެފައިވާ މަދަނީ، ޖިނާޢީ އަދި އިސްތިއުނާފީ މައްސަލަތަކާއި ބެހޭގޮތުން ގޮތެއް ނިންމެވުމަށްޓަކައި ކުރެއްވި މަޝްވަރާގައި، ކަމާބެހޭ ފަރާތްތަކުގެ ލަފާ އިތުރަށް ހޯއްދެވުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް ބޭފުޅުން ހާޒިރުވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒްއެވެ.
6 ޝައުބާން 1433
26 ޖޫން 2012