އިޖްތިމާޢީ ކޮމިޓީގެ 6 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ 6 ވަނަ ބައްދަލުވުން 9 މެންބަރުންގެ ހާޒިރުގައި މިއަދު 11:20 ން 11:30 އަށް ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) އިސްލާޙުގެ މަސައްކަތް ނިންމުމުގެ ސުންގަޑިއަކީ 31 ޖުލައި 2012 ކަމުގައި ނިންމެވިއެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމަށް ސަބް ކޮމިޓީ އެކުލަވާލެއްވިއެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުހައްމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލް ޣަފޫރު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު، އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްއެވެ.

މި ބައްދަލުވުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރު ހާޒިރުވެވަޑައިނުގަންނަވައެވެ.