އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގައި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާ އިންޓަރވިއު ކުރައްވައިފި

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި، ޤާނޫނު ނަންބަރ 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސަ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 15 ބޭފުޅުންނާއި އިންޓަރވިއުކޮށް، އެ ކޮމިޝަނުގައި ހިމަނާނެ 5 މެންބަރުން ހޮއްވެވުމަށްޓަކައި އިޤްތިޞާދީ ކަންކަމުގެ ކޮމިޓީއިން، މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ހިތަދޫ ދާއިރާގެ މެންބަރު މުޙަންމަދު އަސްލަމް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް،ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މެދު ހެންވޭރު ދާއިރާގެ މެންބަރު  ޢަލީ އާޒިމް އަދި މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލެވެ.

 މާފަންނު ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.

މިއަދު ހެނދުނު 9:30 ން މިރޭ 21:30 ބޭއްވޭ މިބައްދަލުވުމަކީ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 9 ވަނަ ބައްދަލުވުމެވެ.